ނޫސް ރަޖިސްޓަރީ ކުރުން

ޤާނޫނު ނަމްބަރު 78/47 ނޫސްމަޖައްލާފަދަ ތަކެތީގެ ޤާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވޭ ނޫސްމަޖައްލާތައް ރަޖިސްޓްރީކުރުމާ އުވާލުމުގެ އެންމެހާ މަސައްކަތެއް ހަވާލުކުރެވިފައިވަނީ މިނިސްޓްރީ އޮފް އެފެއާޒާއިއެވެ. މިމަސައްކަތް އަމަލީގޮތުން ކުރިއަށް ގެންދަނީ މީޑިއާ ސެކްޝަނުންނެވެ.

  • ނޫސްމަޖައްލާ އޮންލައިން ނޫސް ރަޖިސްޓްރީކޮށްދިނުން
  • މަސްއޫލުވެރިޔާ ބަދަލުކުރުން
  • އެޑިޓަރ ބަދަލުކުރުން
  • ނޫހުގެ ނަންބަދަލުކުރުން
  • ނޫސް އުވާލުން
  • ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް ބެލެހެއްޓުން


ޑައުންލޯޑްސް

ރަޖިސްޓްރީ ފޯމް

ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި

މައްސަލަ ސާފުކުރާ ފޯމް

ނޫސް މަޖައްލާގެ ޤާނޫނު

ނޫސް މަޖައްލާގެ ގަވާއިދު

ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަތަކެތި ރަޖިސްޓްރީ ކުރުމުގެ ޤަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާޙު

ވަގުތީގޮތުން އޮންލައިންކޮށް ނޫސްމަޖައްލާ ރަޖިސްޓްރީކުރުން

  1. އޮންލައިންކޮށް ހުށަހަޅާނީ:

  2. ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންވާނީ ސްކޭންކޮށްފައިވާ ޕީ.ޑީ.އެފް ފައިލްތަކެއްގެ ގޮތުގައެވެ. އަދި މި ތަކެތި ހުށަހަޅުއްވާނީ މި އީމެއިލް އެޑްރެސްއަށެވެ. (media@homeaffairs.gov.mv)
  3. ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންފިކަމުގެ އީ-މެއިލެއް ފޯމު ހުށަހެޅި ފަރާތަށް ލިބިވަޑައިގަންނަވާތާ 7 ދުވަހުގެ ތެރޭގައި ނޫސްމަޖައްލާ ހިންގުމުގެ ވަގުތީ ހުއްދައިގެ ސިޓީއާއެކު ރެޖިސްޓްރޭޝަންގެ ތަފްސީލު އީ-މެއިލެއް މިނިސްޓްރީން ފޮނުވާނެއެވެ.
  4. ނޫސްމަޖައްލާ ހިންގުމުގެ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވާނީ، ކޮވިޑް-19 އާ ގުޅިގެން އިޢުލާންކުރައްވާފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުން ޢާއްމު ޙާލަތަކަށް ބަދަލުވާ ދުވަހުން ފެށިގެން 21 ދުވަހުގެ ނިޔަލަށެވެ.

  5. ދާއިމީ ރަޖިސްޓްރޭޝަން ހޯއްދެވުމަށް، ކޮވިޑް-19 އާ ގުޅިގެން އިޢުލާންކުރައްވާފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުން ޢާއްމު ޙާލަތަކަށް ބަދަލުވެ، ސަރުކާރުގެ އޮފީސްތަކުގެ ހިނގުން އިއާދަކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ނިޔަލަށް، މިނިސްޓްރީން ދޫކޮށްފައިވާ ވަގުތީ ހުއްދަ އަދި ރަޖިސްޓްރީގެ ތަފްޞީލާއެކު 25ރ(ފަންސަވީސް ރުފިޔާ)ގެ ރެވެނިއު ސްޓޭމްޕް އަދި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ ހުށަހަޅަންވާނެއެވެ. ދާއިމީ ރަޖިސްޓްރީގެ އަޞްލު، މަސްއޫލުވެރިޔާއާ ހަވާލުކުރާނީ މި މަރުޙަލާ ފުރިހަމަކުރެއްވުމުންނެވެ.
  6. ރަޖިސްޓަރ ކޮށްފައިވާ ނޫސްމަޖައްލާތަކުގެ ލިސްޓުގައި އެ ނޫސްތައް ހިމެނޭނީ ނަމްބަރު 5 ގައިވާ މަރުޙަލާ ފުރިހަމަކުރެއްވުމުންނެވެ.
  7. ކޮވިޑް-19 އާ ގުޅިގެން އިޢުލާންކުރައްވާފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އޮންލައިންކޮށް ވަގުތީ ރަޖިސްޓްރޭޝަނަށް ހުށަހަޅާ އީ-މެއިލްތަކަށް އަދި މިކަމާ ގުޅިގެން ކުރާ ފޯންކޯލްތަކަށް ޖަވާބުދެވޭނީ ސަރުކާރުގެ ރަސްމީ ގަޑީގައެވެ.