މަސައްކަތްތައް

1. ޤައުމުގެ މަޞްލަޙަތު ރައްކާތެރިކޮށް، ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށްކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން އިތުރުކުރުމަށް ފުލުހުންކުރާ މަސައްކަތްތައް ހިންގާގޮތް ބެލެހެއްޓުން.

2. ދިވެހިންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުން.

3. ސިޔާސީ ވިސްނުމާއި ފިކުރުގެ ބޭރުން ދިވެހި މުޖުމަތަޢުގައި ކަންކަމާމެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރާނެ މާހައުލެއް އުފެއްދުން.

4. ޒިންމާދާރު ރައްޔިތުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުން.

5. ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިޙްތިފާލުތައް ބޭއްވުން.

6. ކުށްވެރިން ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، ކަމާބެހޭ ފާރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.

7. ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފާރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.

8. ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފާރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.

9. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައަޅައި ވިލަރެސްކުރުން.

10. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

11. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތަރައްޤީއާއި، އިދާރީކަންތައްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12. ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދިނުމާބެހޭ އުސޫލު ކަނޑައަޅައި، އެ އުސޫލާއެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދީ، އެކަމާބެހޭ މަޢުލޫމާތު ބެލެހެއްޓުން.

13. ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެދާއިރާތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުން.

14. ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން.

15. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުން.

16. މީޑިއާގެ ރޮނގުން ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލުކޮށް ދިވެހިރާއްޖެ ބައިވެރިވާންޖެހޭ ފެސްޓިވަލްތަކާއި، ފެއަރތަކާއި އެނޫންވެސް އެފަދަ އެއްވުންތަކުގައި ރާއްޖެ ތަމްސީލުކުރުމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

17. މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުން.

18. އާންމުކޮށް އިޝްތިހާރުކުރުމަށް ހުއްދަ ދިނުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.

19. ކާނިވަލް، ފަންފެއަރފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.

20. އަޚްލާޤީގޮތުން މަނާ ލަވަޖެހުމާއި، އެފަދަ ލަވަކިއުން މަނާކޮށް ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.

21. މީހެއްގެ އެއްޗަކުން ނުވަތަ ބައެއްގެ އެއްޗަކުން އަނެކަކަށް ނުވަތަ ބަޔަކަށް ތުރާވާނަމަ އެކަމެއް ފިލުވައި ދިނުމާއި އާންމު އުނދަގުލުގެ މައްސަލަތައް ބެލުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.

22. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުންނެވެ.

1. މޯލްޑިވްސް ޕޮލިސް ސަރވިސް

2. ޖުވެނައިލް ޖަސްޓިސް ޔުނިޓް

މިނިސްޓްރީ އޮފް ހޯމްއެފެެއާޒްގެ މަސައްކަތްތައް