ވިޝަން އަދި މިޝަން

ވިޝަން

ދިވެހި ރާއްޖެއަކީ، އަމަން އަމާންކަން ޤާއިމް ކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް، ކުށްމަދު، ޚުލްޤް ރަނގަޅު، އަދި ކާބަފައިން ދަމަހައްޓަމުން އައި ރަނގަޅު އާދަކާދަތަކާއި އިސްލާމީ ރިވެތި އަޚްލާޤާއި، ސަޤާފަތު ދަމަހައްޓަައި، ދިވެހި ޤައުމިއްޔަތަށް ފަޚްރުވެރިވާ ބައެއްގެ ގޮތުގައި ދިވެހި ރާއްޖެ ދެމެހެއްޓުން.

މިޝަން

ފަޚުރުވެރި ދިވެހި ޤައުމިއްޔަތުގެ ބަހާތައް ފަޚުރުވެރިކަން މަތީ، ދެމެހެއްޓުމަށްޓަކައި، ރަށްވެހިކަން ދިރުވާ އާލާކުރުމުގައާއި، ދިވެހި މުޖުތަމަޢުގައި މަސަލަސްކަމާއި އަމަން އަމާންކަން ޤާއިމްކުރުމުގައާއި، ޤާނޫނީ ޙުކޫމާތު ހިންގުމުގައާއި، ކުށްކުރާމީހުން އިސްލާޙުކޮށް މުޖުތަމަޢަށް ނެރެދިނުމުގައާއި، އިސްލާމްދީނާއި ޤައުމިއްޔަތާއި، ޤާނޫނަށް ލޯބިކޮށް އަދި އިޙްތިރާމާއެކު ބޯލަނބާ ބަޔަކު ދިރިއުޅޭ ޤައުމަކަށް ދިވެހިރާއްޖެ ހެދުން.