ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ހުރަވީޝިޕް ދައްކާލުން ކުރިއަށް އެބަދޭ

މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުރަވީޝިޕް ދައްކާލުމާއި، އެޝިޕާއި ގުޅޭ މަޢުލޫމާތުތައް ސްކޫލްތަކުގެ ދަރިވަރުންދިނުން މިއަދު ކުރިއަށް އެބަދެއެވެ. ހެނދުނު 9:00 ން ފެށިގެން މިހަރަކާތްތައް ހަވީރު 6:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިހަރަކާތްތައް ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮމާޝަލް ހާބަރ ސަރަޙައްދުގައެވެ. ހުރަވީ ޝިޕާއި ބެހޭ މަޢުލޫމާތު ދެއްވާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭފުޅުންނެވެ.