ހުރަވީ ދުވަހާއިގުޅޭ މަޢުލޫމާތު ސްކޫލްތަކުގެ ދަރިވަރުންނަށްދީފި

މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުރަވީ ދުވަހާއި ގުޅޭ މަޢުލޫމާތުތައް ސްކޫލްތަކުގެ ދަރިވަރުންނަށްދީފިއެވެ. މިމަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮތީ ރޭ އިސްކަންދަރު ސްކޫލްގައެވެ. މިބައްދަލުމުގައި ހުރަވީ ދުވަހާއި ގުޅޭ ވަރަށް ގިނަ މަޢުލޫމާތުތަކެއް ސްކޫލްތަކުގެ ދަރިވަރުންނަށް ދެވުނެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމްދީނުގައި ހިނގާފައިވާ ތާރީޚީ ޙާދިސާތަކަށް އަލިއަޅުއްވާލައްވާާ އަދި ދޮންބަންޑާރައިންގެ ޙާދިސާއިން ލިބޭ ޢިބްރަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ދޮންބަންޑާރައިންގެ ޙާދިސާއަކީ ދަސްކުރަންޖެހޭ އެތައްފިލާވަޅެއް ހިމެނޭ ހާދިސާއެއްކަން ބަޔާންކޮށް މިމައުޟޫއަށް ވާހަކަދެއްކެވީ އަޙްމަދު ޢަލާއެވެ. އަދި ގައުމީ ބަޠަލުންގެ ޒިކުރާ އާކުރަންޖެހެނީ ކީއްވެ މިމަޢުޟޫއަށް ޕްރެޒެންޓޭޝަނެއް ހުށަހަޅާދެއްވީ އަޙްމަދު ޝާކިރެވެ. މިޕްރެޒެންޓޭޝަނުގައި ގައުމީ ޖިހާދުން ލިބިދިން ފިލާވަޅުތަކާއި ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެވުނެވެ. މީގެ އިތުރުން މިބައްދަލުވުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ތައްޔާރުކޮށްފައިވާ " ދަންބަންޑާރައިންގެ ޖިހާދު" ޑްރާމާ ދެއްކުންވެސް އޮތެވެ.

ހުރަވީ ދުވަހަކީ ހޮޅީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވުނު ހަނދާން އާކުރާ ދުވަހެވެ. އެދުވަސް ނިސްބަތްވަނީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒައްދީނު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ. ހުރަވީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ.