|
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ން ބޭއްވި ޚާއްސަ ރަސްމިއްޔާތު މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި އެލްޖީއޭގެ ރައީސް ޢިމްރާން ޢާބްދުﷲ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއަދު އެލްޖީއޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މުސްތަގްބަލުގެ ޖީލަށްޓަކައި މިއީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާ މިކަމުގައި އެލްޖީއޭގެ ހުރިހާ މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގަތުމަށް ގޮވާލެއްވިއެވެ. މިޙަފްލާގައި ދިރާގު ގެ ފަރާތުން ހަދިޔާކޮށްފައިވާ ބިއްލޫރިފުޅިއާއި ފޮތިކޮތަޅު އެލްޖީއޭގެ މުވައްޒަފުންނާއި މިނިސްޓަރ ހަވާލުކޮށްދެއްވިއެވެ.
ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.