"ޖަރނީ" މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އާ ބައްދަލުކުރައްވައިފި

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ "ޖަރނީ" މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި މިބައްދަލުވުމުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖްތަމަޢަށް ގެނައުމަށް "ޖަރނީ" ގެ ފަރާތުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރާ މަޢުލޫމާތު ހިއްސާކުރިއެވެ.

އަދި މިބައްދަލުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ، "ޖަރނީ" ޖަމްޢިއްޔާ ގުޅިގެން ޖަލުގައި ކުރިއަށް ގެންދެވިދާނެ ފަރުވާގެ ބައެއް ޕްރޮގްރާމްތަކާމެދު މަޝްވަރާކުރެވުނެވެ. "ޖާރނީ" ން ވަނީ މިބައްދަލުވުމުގައި އެޖަމިއްޔާއިން ތައްޔާރުކޮށްފައިވާ 02 ފޮތެއް މިނިސްޓަރަށް އަރުވާފައެވެ.

މިޖަމިއްޔާއަކީ 2005 ވަނަ އަހަރުން ފެށިގެން މަސްތުވާ ތަކެއްޗާއި އެޗް.އައި.ވީ އާ ގުޅޭގޮތުން ރަށުގެ ޒުވާނުންނާއި ބެލެނިވެރިންނާއި ސްޓޭކްހޯލްޑަރސް އަހުލުވެރިކޮށް، އެމްޕަވަރކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މިގޮތުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓްރޭންކޮށްފައެވެ.