"ޔޫ.އެން.އޯ.ޑީ.ސީ ސްޕޮންސަރޑް ހައި-ލެވެލް މީޓީންގ އޮފް އިންޑިއަން އޯޝަން ލީޑަރސް އޮން ވަލްނަރަބިލިޓީ ޓު އަންޑާސީ ޑާޓާ ކޭބަލްސް" ގައި ބައިވެރިވެވަޑައިގަތުމަށް ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ފުރާވަޑައިގެންފި

އިންޓަރނެޓާއި، މުވާޞަލާތީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ ސަބްމެރިން ކޭބަލްތަކަށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހުރި ނުރައްކާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މިފަދަ ނުރައްކާތަކަށް އެޑްރެސްކުރުމުގައި ހުރި ޤާނޫނީ މައްސަލަތައް ދެނެގަތުމަށްޓަކައި، ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މެރިޓައިމް ލޯ ކޮންފަރެންސްގައި ތައްޔާރުކުރެވޭ ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވޭ "ޔޫ.އެން.އޯ.ޑީ.ސީ ސްޕޮންސަރޑް ހައި-ލެވެލް މީޓީންގ އޮފް އިންޑިއަން އޯޝަން ލީޑަރސް އޮން ވަލްނަރަބިލިޓީ ޓު އަންޑާސީ ޑާޓާ ކޭބަލްސް" ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްއެފެއަރޒް އަލްފާޟިލް ޢަލީ ނަޛީރު ސްރީލަންކާގެ ކޮލަމްބޯއަށް ފުރައިވަޑައިގެންފިއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖަނަވަރީ 2019 ވަނަ ދުވަހުގައެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން މިމައްސަލައާމެދު ދެކޭ ގޮތް ހާމަކޮށް، އަލްފާޟިލް ޢަލީ ނަޛީރު މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވާނެއެވެ.