އެން.ޖީ.އޯ ފެއަރ (ހަވަލި) އާއިބެހޭ މަޢުލޫމާތު ޖަމުޢިއްޔާތަކާއި ހިއްސާކުރުމުގެ ގޮތުން ބައްދަލުވުމެއްބާއްވައިފި

އެން.ޖީ.އޯ ފެއަރ (ހަވަލި) އާއިބެހޭ މަޢުލޫމާތު ޖަމުޢިއްޔާތަކާއި ހިއްސާކުރުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އެން.ޖީ.އޯ ފެއަރ ސްޓިއަރިންގ ކޮމިޓީން ހަވަލިއާ ގުޅޭގޮތުންނާއި، ޔޫ.އެން.ޑީ.ޕީން ، ޔޫ.އެން.ޑީ.ޕީ ގްރާންޓް އާއި ގުޅޭގޮތުން ، ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމާއި ޖަމުޢިއްޔާތައް މިނަމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއުއިން އަދި އުރީދޫން ވަނީ މިއަދުގެ ބައްދަލުވުމުގައި ސެޝަންތަކެއް ޕްރެޒެންޓޭޝަނުގެ ގޮތުގައި ހުށަހަޅާ ދެއްވާފައެވެ.

މިބައްދަލުވުން ބޭއްވިފައިވަނީ ޔޫތު ސެންޓަރުގައެވެ. މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ޖަމުޢިއްޔާތަކަކުން ބައިވެރިވިއެވެ.