އެހީލިބުނު ބައެއް ޖަމްޢިއްޔާތަކަކާއެކު ހޯމްމިނިސްޓްރީން ސޮއިކޮށްފި

2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ޖަމްއިއްޔާތަކަށްދެވޭ ފައިސާގެ އެހީލިބުނު ބައެއް ޖަމްޢިއްޔާތަކަކާއެކު އެގްރީމެންޓްގައި ސޮއިކޮށްފިއެވެ.

ސޮއިކުރެވުނު ޖަމްޢިއްޔާތަކަކީ ކްލަބް ސެވަން ސްޓާސް، ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް، ޖަމްއިއްޔަތުލް ފަލާހު އަދި ކްލަބްޔަންގް ސްޓަރސްއެވެ.

އެހީގެ ގޮތުގައި ފައިސާ ދިނުމަށް މިއަހަރު ހަމަޖެހިފައިވާ ތީމްއަކީ "ޖަމްޢިއްޔާތަކުގެ މަޤްޞަދު ޙާޞިލްކުރުމަށް ހިންގޭ ޙަރަކާތްތަކަށް މަގު ތަނަވަސްކުރުމަށް، ދާއިމީ އިންތިޒާމް ހަމަޖެއްސުން" އެވެ.