އެލްޖީއޭގެ ރައީސްކަމަށް ހޯމްމިނިސްޓަރ ހަމަޖައްސަވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ މިއަދު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނު މިމަގާމަށް އައްޔަންކުރެއްވީ ޤާނޫނު ނަންބަރު 2010/ 7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ ދަށުން އުފައްދަވާފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.