ޖަމްޢިއްޔާތަކުގެ ރެޖިސްޓްރާރގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި

ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ) ގެ 39 ވަނަ މާއްދާގެ (ށ) ގައިވާ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަމްޢިއްޔާގެ ރެޖިސްޓްރާރ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޢަލީ ނަޒީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ޢައްޔަންކުރައްވާފައެވެ.