ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ ޚާއްޞަ ޙަފްލާ މިރޭ އޮންނާނެ

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޙަފްލާ މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ. މިޙަފްލާ ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. މަރްހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅުދައްކަވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ.

މިޙަފްލާގައި 2017 ވަނަ އަހަރުގެ އެންމެ ޙަރަކާތްތެރިވެފައިވާ ޖަމްޢިއްޔާތަކަށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދިނުން އޮންނާނެއެވެ. އަދި މީގެއިތުރުން 2018 ވަނަ އަހަރު ހޯމް މިނިސްޓްރީން ޖަމްއިއްޔާތަކަށްދެވޭ ފައިސާގެ އެހީލިބޭ ޖަމްޢިއްޔާތަކަށް އެހީލިބޭ ކަމުގެ ލިޔުން ހަވާލުކުރުންވެސް އޮންނާނެއެވެ.