މޯލްޑިވްސް މީޑިއާ ކައުންސިލްއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މިއަދު އޮންނާނެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިދައުރުގެ 14 މެންބަރުންގެ މުއްދަތު ހަމަވެފައިވާތީ، މިކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން 2018 ޑިސެންބަރު 15 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ.

މިއަދު 14:00 ން 15:00 ށް ބާއްވާ ވޯޓުލުމުގައި 109 ފަރާތުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. މިއިންތިޚާބުގައި ހޮވާނީ މީޑިއާގެ ދާއިރާއިން 7 ފަރާތާއި އާންމުންގެ 7 ފަރާތެކެވެ. މިއިންތިޚާބުގައި 26 ކެންޑިޑޭޓުން ވާދަކުރެއެވެ.