މޯލްޑިވްސް މީޑިއާ ކައުންސިލްއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ޑިސެމްބަރ 15 ވަނަ ދުވަހު އޮންނާނެ

މޯލްޑިވްސް މީޑިއާ ކައުންސިލްއަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން ޑިސެމްބަރ 15 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ޢާންމުކޮށްފައިވާ އިޢުލާންގައިވާ ގޮތުން މީޑިއާ ކައުންސިލްގެ މިދައުރު 2018 ޑިސެމްބަރު މަހުގެ 12 އަށް ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން އޮންނާނީ 2018 ޑިސެމްބަރު 15 ވަނަ ދުވަހު ހަވީރު 14:00 ން 15:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

މިއިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ ޑިސެމްބަރުގެ މަހުގެ 10ން 12 އަށެވެ. މިއިންތިޚާބުގައި ހޮވާނީ މީޑިއާގެ ދާއިރާއިން 7 ފަރާތާއި އާންމުންގެ 7 ފަރާތެކެވެ.

ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް އެދޭފޯމް

އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް