ކޮމިޓީ އެގެއިންސްޓް ޓޯޗަރގެ 65 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

"ކޮމިޓީ އެގެއިންސްޓް ޓޯޗަރ" ގެ 65 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިސެޝަންގައި ދިވެރިރާއްޖެއިން ބައިވެރިވާ ވަފްދުގައި އެންމެ އިސްކޮށް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު ނަސީމުއެވެ.

މިއީ "ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ" ގެ ދަށުން ދިވެހިރާއްޖޭގެ އިނީޝިއަލް ރިޕޯޓް 2017 ވަނައަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ޔޫ.އެން ގެ ކޮމިޓީއަށް ހުށަހަޅާފައިވުމާ ގުޅިގެން ބާއްވާ ސެޝަނެކެވެ. މި ރިޕޯޓް ރިވިއުކުރުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރ މަހުގެ 27 އަދި 28 ވަނަ ދުވަހު ސްވިޒަރލޭންޑުގެ ޖެނީވަރ ގައެވެ.

މިސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ އިތުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް، އެޓަރނީޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މޯލްޑިވްސް ޕޮލިސްސަރވިސް އިން ބައިވެރިވެ ވަޑައިގެންނެވިއެވެ.