ޖަމްޢިއްޔާތަކަށް ފައިސާގެ އެހީ ދިނުމަށް ނިންމައިފި

ޖަމްޢިއްޔާތަކަށް ފައިސާގެ އެހީ ދިނުމަށް ނިންމައި އެކަން މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިޢުލާން ކޮށްފިއެވެ. މިއީ ޖަމިއްޔާތަކަށް ފައިސާގެ އެހީ ދެމުންގެންދާތާ ތިންވަނަ އަހަރެވެ. މިއަދު ހޯމް މިނިސްޓްރީން ކުރި އިޢުލާނުގައި ވާގޮތުން ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކޮށް، ޖަމްޢިއްޔާތަކުގެ ތަރައްޤީއަށާއި ޖަމްޢިއްޔާތަކުން ހިންގާ މަސައްކަތްތަކަށް ފައިސާގެ އެހީ ހޯދުމަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ. މިގޮތުން އެހީގެ ގޮތުގައި ފައިސާ ދިނުމަށް މިއަހަރު ހަމަޖެހިފައިވާ ތީމްއަކީ "ޖަމްޢިއްޔާތަކުގެ މަޤްޞަދު ޙާޞިލްކުރުމަށް ހިންގޭ ޙަރަކާތްތަކަށް މަގު ތަނަވަސްކުރުމަށް، ދާއިމީ އިންތިޒާމް ހަމަޖެއްސުން" ކަމުގައި މި އިޢުލާނުގައި ވެއެވެ. އަދި މި އިޢުލާނުގައި ޖަމްޢިއްޔާތަކުން ފައިސާގެ އެހީއަށް އެދި ހުށަހަޅާ ހުށެހެޅުމުގައި ހިމަނަންޖެހޭ މަޢުލޫމާތު އަދި ޕްރޮޕޯޒަލްތަކަށް މާރކްސް ދީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާން ކޮށްފައިވެ އެވެ. ޖަމިއްޔާތަކަށް ފައިސާގެ އެހީ ފުރަތަމަ ދީފައިވަނީ 2016 ވަނަ އަހަރުއެވެ.

އިޢުލާން

އުސޫލު