މިނިސްޓްރީގެ މުވައްޒަފުންނަށް ދީނީ ނަޞޭޙަތް ދިނުން ބާއްވައިފި

މިމިނިސްޓްރީގެ މުވައްޒަފުންނަށް ދީނީ ނަޞޭޙަތް ދިނުން މިއަދު މިމިނިސްޓްރީގައި ބާއްވައިފިއެވެ. މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަންގަވައިގެން ސަރުކާރުގެ މުވައްޒަފުންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދާއިމީ ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ދީނީ ނަޞޭޙަތް ދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ވާއިޛް އައްޝެއިޚް ޙަސަން ތަޢުފީޤެވެ. މި ބައްދަލުވުމުގައި މިމިނިސްޓްރީގެ ގިނައަދެއްދެގެ މުވައްޒަފުން ބައިވެރިވިއެވެ.