Ministry of Home Affairs

"ޖުމްހޫރިއްޔަތާއި ޒުވާނުން "ޒިންމާދާރު މީޑިއާ"ގެ ނަމުގައި ބައްދަލުވުން ގއ. ވިލިނގިލީގައި ފަށައިފި

ިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިންތިޒާމްކޮށްގެން ޖުމްހޫރިއްޔަތާއި ޒުވާނުން އަދި ޒިންމާދާރު މީޑިއާގެ ނަމުގައި ބައްދަލުވުމެއް ގއ. ވިލިނގިލީގައި ފަށައިފިއެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިބައްދަލުވުން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒު އަޒްލީން އަޙްމަދެވެ. މިބައްދަލުވުން އިފްތިތާޙްކޮށްދެއްވަމުން، މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ލިބޭ ފައިދާތަކާއި އަދި މުހިންމުކަމުގެ މައްޗަށް ބައިވެރިންނާއި މުޚާޠަބުކޮށް މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުވުމުގެ މަޤްޞަދަކީ ނޫސްވެރިކަމުގެ މުހިންމުކަން އަންގައިދީ ތެދުމަޢޫލޫމާތު ފެތުރުމުގެ މުހިންމުކަމާއި ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުން އަދި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ މަޢުޟޫތަކަކީ، ނޫސްވެރިކަމަކީ ކޮބައިކަމާއި ނޫސްވެރިން ގެންގުޅެންޖެހޭ މިންގަނޑުތަކާއި، ގާނޫނީގޮތުން މީޑިއާގެ ދައުރާއި، ތެދުމަޢުލޫމާތު ފެތުރުމުގެ މުހިންމުކަމާއި ނޫސްވެރިކަމުގެ ބަސްމަގު އަދި އިޖުތިމާއީ ހަމަޖެހުމާއި ހެޔޮޚަބަރު ފެތުރުމުގެ މުހިންމުކަމަށެވެ.

މި މިފޯރަމްކުރިއަށް ދަނީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލާއި، ގއ. އަތޮޅު ކައުންސިލް އިދާރާގެ ހޯލުގައެވެ. ބައްދަލުވުމުގައި 101 ބައިވެރިން ބައިވެރިވިއެވެ.