ހޯމް މިނިސްޓްރީގައި މާހެފުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ މާހެފުން މިއަހަރުވެސް ބާއްވައިފިއެވެ. 1439 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި މި މާހެފުމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މާހެފުން ފައްޓަވައިދެއްވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެފަރާތުން އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ބައިވެރިންނަށް ރޯދަހިފުމާބެހޭ ގޮތުން ގިނަގުނަ މަޢުލޫމާތުދެއްވާ ވާހަފުޅުދެއްކެވިއެވެ. އަދި ބައެއް ބޭފުޅުންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވިއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ބޭއްވި މި މާހެފުމުގައި ތަފާތު ވައްތަރުގެ ކާބޯތަކެތި މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ވަނީ ބައިވެރިކޮށްފައެވެ.