|
ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްގެ ހިދުމަތަށް ދިހަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ބާއްވާ ކުދަކުދިންގެ ހަވީރެއް 12 މޭ 2018 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ކުޑަކުދިންގެ ހަވީރުގައި ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުވައްސަސާތަކުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ސްޓޯލްތައް ބައިވެރިކުރުމަށްވަނީ ހަމަޖެހިފައެވެ. މި ސްޓޯލްތަކުގައި ތަފާތު ކުޅިވަރުތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ސްނޭކް އެންޑް ލެޑަރ، ވޯޓަރ ސްލައިޑް، ފޭސް ޕެއިންޓް އަދި ހޭންޑް ޕްރިންޓް ފަދަ ތަފާތު ކުޅިވަރުތައް ހިމެނެއެވެ.