ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ލ. ގަމުގައި ފަށައިފި

ިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ލ. ގަމުގައި ފަށައިފިއެވެ. މިފޯރަމަކީ ދިވެހި ޒުވާނުންގެ ތެރެއިން، ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ގުޅިގެން ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ.

ަތަރު ސެޝަނަކަށް ޚާއްޞަކުރެވިގެން ކުރިއަށް ގެންދާ މިފޯރަމްގައި މަޝްވަރާކުރެވޭނެ ދާއިރާތަކަކީ އިސްލާމް ދީނާއި، ޒުވާނުން އަދި އިސްލާމް ދީނުގައި ލީޑަރޝިޕާއި ގުޅޭގޮތުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރުކަމުގައިވުމުން، ޖުމްހޫރިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާ ގުޅޭ ގޮތުންނާއި ޒުވާނުން އަހުލުވެރިވުން މުޙިއްމު ޤާނޫނުތަކާއި، ޒުވާން ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ދަމަހައްޓަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި ގުޅޭ ގޮތުންނެވެ.

މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ލީޑަރުންގެ ގޮތުގައި މުޖުތަމައަށް ނިކުންނަ ޒުވާނުންނަކީ، އަޚްލާޤީ ގޮތުން ރަނގަޅު، އެހެން މީހުންނަށް އިޙްތިރާމްކުރާ އަދި އެހެން މީހުންގެ އިޙްތިރާމް ލިބޭ ބައެއްގެ ގޮތުގައި މުޖުތަމަޢުގައި ކުރިއަށް ދިއުމުގެ މުހިއްމުކަން އަންގާދިނުމެވެ.

މިސެޝަންތައް ނަގާދެއްވަނީ ދިވެހިބަހުގެ އެކަޑަމީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން ބޭފުޅުންނެވެ.