"ޒިންމާދާރު މީޑިއާ" ބައްދަލުވުން ލ. ގަމުގައި ފަށައިފި

"ޒިންމާދާރު މީޑިއާ" ގެ ނަމުގައި ބައްދަލުވުމެއް ލ. ގަމުގައި ފަށައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިންތިޒާމްކޮށްގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕް އިފްތިތާޙްކޮށްދެއްވީ ޑެޕިއުޓި މިނިސްޓަރ މޫސާ ފަތުހީއެވެ.

ިބައްދަލުވުމުގައި މީޑިއާގެ ދާއިރާއާއި ގުޅޭ ތަފާތު މަޢުޝޫޢުތަކަށް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ޒިންމާދާރު މީޑިއާގެ ދައުރާއި، ނޫސްވެރިކަމަކީ ކޮބައިކަމާއި ނޫސްވެރިން ގެންގުޅެންޖެހޭ މިންގަނޑުތަކާއި، ދޮގުވާހަކަ ފެތުރުމާއި، ދިވެހިބަހުގެ ހަމަތަކާއި އަދި ކުށްބަސްބޭނުންކުރުމުން ދިމާވާ މައްސަލަތާއި ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ލ. އަތޮޅުގެ މަސައްކަތްކުރާ މީޑިއާގެ ބޭފުޅުންނަށް ޚައްޞަކޮށްގެން ބާއްވާ މިބައްދަލުވުމުގައި ފޮނަދޫއާއި ގަމުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުވުން ކުރިއަށްދަނީ އިހައްދޫ ސްކޫލްގައެވެ.