ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ މަސައްކަތް ނިމިފައިވާތީ އެތަނުގެ އިންސްޕެކްޝަން ކުރުމުގެ ދަތުރެއް ކޮށްފި

ހދ. ކުޅުދުއްފުށީ ލޯކަލް މާރުކޭޓު އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާތީ އެތަނުގެ އެންމެ ފަހުގެ އިންސްޕެކްޝަން ހަދައި ކުޅުދުއްފުށީ ކައުންސިލާއި ހަވާލުކުރުމުގެ ގޮތުން މިމަހުގެ 12 އިން 15 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ޓީމެއް ކުޅުދުއްފުއްޓަށް ދަތުރެއްކޮށްފިއެވެ. މި ޕްރޮޖެކްޓަކީ ޕީއެސް އައި ޕީ ޕްރޮޖެކްޓްގެ ދަށުން އެސް.ޖޭ ކޮންސްޓްރަކްޝަންއާއި ހޯމް މިނިސްޓްރީއިން ހަވާލުކޮށްގެން ކުރިއަށް ގެންދެވިފައިވާ ޕްރޮޖެކްޓެކެވެ.