Ministry of Home Affairs

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައި

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިމަހުގެ 17 ވާ އަންގާރަ ދުވަހުގެރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވާނީ ނާއިބު ރައީސް އަލްފާޟިލް ޢަބުދުﷲ ޖިހާދުއެވެ.

ޖަލްސާގައި ޝަރަފުވެރި މެހުމާނުގެ އިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ވާހަކަފުޅުދައްކަވާނެއެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލްތަކުގައި ދުވަހާއި ގުޅޭ ޚާއްޞަ އެސެމްބްލީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާއުގައި ޕޯޗްގީނާއި ހަނގުރާމަކުރައްވައި ޢަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހުއެވެ.

ޤައުމީ ލަވަ ޑައުންލޯޑް ކުރައްވާ