Ministry of Home Affairs

"ޖުމްހޫރީ ފަންސާސް، ހުރަވީ ބަހުސް" ގެ ނަމުގައި ބަހުސެއް ބާއްވައިފި

މިއަހަރަކީ ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރޭ އަހަރު ކަމަށްވާތީ، ޖުމްހޫރީ ފަންސާހާއި ގުޅުވައިގެން މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެއްސި "ޖުމްހޫރީ ފަންސާސް، ހުރަވީ ބަހުސް" ރޭ ބާއްވައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން ބޭއްވި މިބަހުޘްގެ މަޢުޟޫއަކީ "ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމުގެ އެންމެ ބޮޑު ދައުރެއް އޮތީ ފަރުދުންގެއެވެ".

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެެފެއާޒު އަޒްލީން އަޙްމަދު ވާހަކަފުޅު ދެއްކެވިއެވެ. ބަހުޘުގައި މަޢުޟޫއާއި އެއްކޮޅަށް ވާހަކަދެއްކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޭޑެންޓްސް ޔޫނިއަންގެ ދަރިވަރުންނެވެ. މަޢުޟޫއާއި ދެކޮޅަށް ވާހަކަދެއްކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީ.ޑީ.އެސް.އެސް) ގެ ދަރިވަރުންނެވެ.