ސިވިލް ސަރވިސް މުވައްވަފުންގެ ޓެލެންޓް ޝޯއެއް ބާއްވައިފި

ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްއަށް ދިހަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޓެލެންޓް ޝޯއެއް ބާއްވައިފިއެވެ. މި ޝޯ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ.

މި ޝޯގައި އައިޓަމްތައް ހުށަހަޅައިދީފައިވަނީ އައި.ޖީ.އެމް.އެޗް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، މިނިސްޓްރީ އޮފް ފޮރިންއެފެއާޒް، މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މުވައްޒަފުންނެވެ.