ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ބައްދަލުވުމެއް ނ. މަނަދޫގައި ބާއްވަން ހަމަޖެހިއްޖެ

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ބައްދަލުވުމެއް މަނަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިބައްދަލުވުމަކީ ސާކް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ހިންގާ ކޮމިޔުނިޓީ އީ-ސެންޓަރ ޕްރޮޖެކްޓް "އެމްޕަވަރިންގ ރޫރަލް ކޮމިޔުނިޓީސް – ރީޗިންގ ދަ އަންރީޗްޑް" މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ނެޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މިމަހުގެ 6 ން ން 7 ށް މަނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ މިމަސައްކަތު ބައްދަލުވުމެއް މަޢުލޫމާތު ދެއްވާނީ މި މިނިސްޓްރީގެ ލީގަލް ސެކްޝަންގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑަރ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ފަރާތުންނެވެ.

މި މަސައްކަތު ބައްދަލުވުން އަމާޒު ކުރެވިފައިވަނީ ނ.އަތޮޅުގެ ކައުންސިލްތަކުގެ އިސްވެރިންނަށާއި، އެއަތޮޅުގެ ޖަމްޢިއްޔާ ޖަމާޢައްތަކަށާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކަށެވެ. މި މުއައްސަސާތަކުން މުޅި ޖުމުލަ 43 ބައިވެރީން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެއެވެ.

މީގެ އިތުރުން، މިދަތުރުގައި އެއަތޮޅުގެ ޖަމްޢިއްޔާތަކުގެ ޙާލަތު ދެނެގަތުމަށާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އަތޮޅު ތެރެއަށް ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.