ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސްއަހަރު ފުރުން ފާހަގަ ކުރުމާއި، ސިވިލް ސާރވިސްގެ ޚިދުމަތަށް ދިހަ އަހަރު ފުރުން ފާހަގަ ކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސްއަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނާއި، ސިވިލް ސާރވިސްގެ ޚިދުމަތަށް ދިހަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، ސިވިލް ސާރވިސް ކޮމިޝަން ގުޅިގެން ކުޑަކުދިންގެ ހަވީރަކާއި، ޓެލެންޓް ޝޯ އެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޓެލެންޓް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 އޭޕްރީލް 5 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އޮލިމްޕަހުގައެވެ. މި ޓެލެންޓް ޝޯގައި ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކުންނެވެ. މިޝޯގައި ގާތްގަޑަކަށް 11 އޮފީހަކުން އެއޮފީސްތަކުގެ މުވައްޒަފުންގެ ތަފާތު ހުނަރުތައް ދައްކާލުން އޮންނާނެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 އޭޕްރީލް 6 ވާ ހުކުރު ދުވަހު ހަވީރު 4:00 ން ފެށިގެން މާފަންނު ޓްރެކް ސަރަޙައްދުގައެވެ. ކުޑަކުދިންގެ ހަވީރުގައި ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްސަސާތަކުން ގާތްގަޑަކަށް 27 ސްޓޯލް ގާއިމްކޮށް ކުޑަކުދިންނާއި ގުޅޭ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.