"ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ކުޅުދުއްފުށީގައި ބާއްވަނީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފޯރަމް އޮންނާނީ މިމަހުގެ 30 ން 31 އަށެވެ. މިފޯރަމަކީ ދިވެހި ޒުވާނުންގެ ތެރެއިން، ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ގުޅިގެން ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ.