ހޯމްމިނިސްޓްރީން އެހީދީފައިވާ ޖަމްޢިއްޔާތަށް މޮނިޓަރ ކުރުމުގެ ދަތުރުތަކެއް މ. އަދި އދ. އަތޮޅަށް ކުރުމަށްވަނީ ހަމަޖެހިފަ

ކްލަބް ޖަމްޢިއްޔާތައް ހަރަކާތްތެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން 2016 ވަނަ އަހަރު އެހީދީފައިވާ ޖަމްޢިއްޔާތަކުގެ ޕްރޮޖެކްޓްތައް މޮނިޓަރ ކުރުމަށާއި ސާކް މޮޑެލް ވިލެޖެއްގެ ގޮތުގައި މ.މުލައް ހަމަޖެހިފައިވާތީ، އެރަށާއި ބެހޭ މަޢުލޫމާތު ހޯދުމަށް، މުލަކު އަތޮޅަށާއި އަރިއަތޮޅު ދެކުނުބުރިއަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 16 އަދި 17 ގައި ކުރުމަށް ހަމަޖެހިފައިވާ މިދަތުރުގައި ދިއުމަށް ހަމަޖެހިފައިވަނީ މ.އަތޮޅު ގެ ދެރަށްކަމުގައިވާ ދިއްގަރާއި މުލައް އަދި އދ. މަހިބަދޫއަށެވެ. މި ދަތުރުގައި 2016 ވަނަ އަހަރު މިނިސްޓްރީން އެހީދީފައިވާ 3 ޖަމްޢިއްޔާ ކަމުގައިވާ މަހިބަދޫ ސްޕޯޓްސް ކްލަބާއި، ދިއްގަރު ޒުވާނުންގެ ގުޅުން އަދި ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް މޮނިޓަރ ކުރެވޭނެއެވެ.