ހޯމް މިނިސްޓްރީގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި

މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި މިއަދު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިނިސްޓްރީގެ ފިރިހެން މުވައްޒަފުންގެ ފަރާތުން ކަނބަލުންނަށް ވަނީ ފިނިފެންމަލަކާއެކު ރަތްދޫލައިގެ މަރުހަބާއެއް ކިޔާފައެވެ. މިހަރަކާތް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް އަޒްލީން އަޙްމަދެވެ.

އަދި މީގެ އިތުރުން މިނިސްޓްރީގެ ކަނބަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީގައި ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހަފްލާގައި ދުވަހާ ގުޅިގެން ހާއްސަ ކޭކެއް ފެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ފިރިހެން ބޭފުޅުންގެ ފަރާތުން މިނިސްޓްރީގެ އަންހެން ކަނބަލުންނަށް ހާއްސަ މެންދުރުގެ ފަރިއްކޮޅެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.