ސިވިލްސަރވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީ ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ސިިވިލްސަރވިސް ކޮމިޝަން ގުޅިގެން މަޝްވަރާ ބައްދަލުވުން ތަކެއް ބާއްވަން ފަށައިފިއެވެ. މިމަޝަވްރާތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމާއި ދިވެހި ސިވިލްސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސިލިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގުޅިގެން 2018 އޭޕްރީލް ފުރަތަމަ ހަފްތާ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތައް ގުޅިގެން ޚާއްޞަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކެކެވެ. މިބައްދަލުކުރެއްވުމުގައި ސިވިލްސަރވިސް މުވައްޒަފުންގެ ޓެލެންޓް ޝޯވއަކާއި ކުޑަކުދިންގެ ހަވީރެއް ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.