މިއަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތައް ކަނޑައަޅައި އެފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވައިފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި 26 ޖުލައި 2018 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެވިކަމާއި ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތައް ކަނޑައަޅައި އެފަރާއްތަކާއެކު މިއަދު މިމިނިސްޓްރީގައި ބައްދަލުވުމެއް ބާއްވައިފިއެވެ. ސްކޫލްތަކުގެ އިސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި ކުޅިވަރުތައް ކުރިއަށް ގެންދާނެ ގޮތާއި ބޭހޭގޮތުންވަނީ މަޝްވަރާކުރެވިފައެވެ. މިފަހަރުގެ ކުޅިވަރުތަކުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، މަޖީދިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، އިމާދުއްދީން ސްކޫލް އަދި ގަލޮޅު ސްކޫލެވެ.