ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމާ ގުޅޭ ގަވާއިދު އިޞްލާޙުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފި

ނޫސްމަޖައްލާއާއި އެނޫންވެސް މިފަދަތަކެތި ރަޖިސްޓަރީކުރުމުގެ ޤަވަޢިދު އިޞްލާޙުކޮށް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އެއަށް ޢަމަލުކުރަން ފަށައިފިއެވެ. މިގަވާޢިދުގައި ނޫހާއި މަޖައްލާ އަދި އިލެކްޓްރޯނިކް މީޑިއާގެ ބައިތައް ވަކިވަކިން ފާހަގަކޮށްފައިވެއެވެ. އިޞްލާޙުކުރެވުނު ގަވާއިދުގައި ވާގޮތުން އެޑިޓަރުގެ ޝަރުޠުތަކަކަށްވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ނޫސްމަޖައްލާ ރަޖިސްޓްރީކުރުމާ ގުޅޭ ގަވާޢިދު އެންމެ ފުރަތަމަ އެކުލަވާލާފައިވަނީ 1978 ވަނަ އަހަރުއެވެ.