ހޯމްއެފެއާޒް ރެކްރިއޭޝަން ކުލަބްގެ ހިންގާ ކޮމިޓީ އާދައުރަކަށް އިފްތިތާހްކޮށްފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ރެކްރިއޭޝަން ކުލަބް އާދައުރަކަށް އިފްތިތާހްކޮށްފިއެވެ. މިނިސްޓްރީގެ ކޮންފަރެންސް ހޯލްގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ. މި ހަފްލާގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުލަބުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ކުލަބުގެ ހަރަކާތްތައް ކުރިއަރުވުމަށް ހިތްވަރުދެއްވިއެވެ. އަދި އަލަށް އިންތިޚާބުވި މެންބަރުންނަށް މަރުހަބާ ދަންނަވާ، ގުޅިގެން އެއްރޫހެއްގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.