2017 ވަނަ އަހަރު 139 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފައިވޭ

ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން، ނިމިދިޔަ 2017 ވަނަ އަހަރު 139 ޖަމްޢިއްޔާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. މީގެތެރޭގައި އިޖްތިމާޢީ ތަރައްޤީއާއި މީހުން ބިނާ ކުރުމާއި މުނިފޫހިފިލުވުމާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމާއި ދިވެހި ބަހާއި ޘަޤާފަތް ކުރިއެރުވުމާއި ކުޅިވަރާއި ދީނީ ހަރަކާތްތައް ހިންގާ ދަރުމައަށް މަސައްކަތްކުރުމަށްޓަކައި ޖަމްޢީއްޔާތައް ރަޖިސްޓްރީ ކުރެވިފައިވެއެވެ.

ޖަމްޢިއްޔާތައް ކުރިއަރުވާ ބާރުވެރިކޮށް، ރާއްޖޭގެ ތަރައްޤީގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން މިދިޔަ އަހަރު 10 ޖަމްޢިއްޔާއަކަށް 1.7 މިލިއަން ރުފިޔާގެ ފައިސާގެ އެހީ މިނިސްޓްރީން ވަނީ ދީފައެވެ.

މިހާތަނަށް މިމިނިސްޓްރީގައި 2139 ޖަމްޢިއްޔާ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.