ރާއްޖެ އިސްލާމްވި ދުވަހުގެ ޙަރަކާތްތައް މިރޭ ފަށާނެ

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޙަރަކާތްތައް މިރޭ ފެށޭނެއެވެ. މިޙަރަކާތް ފެށުމުގެ ގޮތުން މިރޭގެ މަޣުރިބު ނަމާދަށްފަހު ދުވަހާއި ގުޅޭ ޚާއްޞަދުޢާއެއް ކުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޮންނާނެއެވެ. މާލޭގައި މިދުޢާ ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ރަށްރަށުގައި މިދުޢާކުރުން އޮންނާނީ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ މައިދާނުގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ޙަރަކާތްތައް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެންނެވެ.

ރާއްޖެ އިސްލާމްވިދުވަހުގެ ގޮތުގައި ފާހަގަކުރަމުންގެންދަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރާ މަހުގެ 2 ވަނަ ދުވަހެވެ.