މިއަހަރުގެ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސްފާހަގަކުރުމުގެ ގޮތުން ރަސްފަންނު ސަރަޙައްދު ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި

މިއަހަރުގެ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސްފާހަގަކުރުމުގެ ގޮތުން ރަސްފަންނު ސަރަޙައްދު ސާފުކުރުމުގެ ޙަރަކާތެއް މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު 7:30 ން 10:00 އަށް ކުރިއަށް ގެންދިޔަ މިޙަރަކާތަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި މިނިސްޓްރީގެ އޮފް ޔޫތު އެންޑް ސްޕޯޓްސް އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ގުޅިގެން ބޭއްވި ޙަރަކާތެކެވެ.

މިޙަރަކާތުގައި އެދެމިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ގިނައަދަދެއްގެ މީހުން ބައިވެރިވިއެވެ.