Ministry of Home Affairs

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް 13 ޑިސެމްބަރ ގައި އޮންނާނެ

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތައް ގުޅިގެން ހިންގާ ހަރަކާތްތަކެއް 15 ޑިސެމްބަރ 2017 ވާ ހުކުރު ދުވަހު އޮންނާނެއެވެ. އެގޮތުން އެދުވަހު ހެނދުނު 8:30 ން 11:00 އަށް (މާލޭގެ ހުޅަނގު ފަރާތް) ރަސްފަންނު ސަރަހައްދު ސާފުކުރުން އޮންނާނެއެވެ. މީގެ އިތުރުން ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ހަފްލާއެއް އެރޭ 20:30 ގައި ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ދެވޭ އެހީ ހަވާލުކުރުމާއި، ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވި ޖަމްޢިއްޔާތަކަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދިނުން އޮންނާނެއެވެ.

ދަރުމަވެރިންގެ ދުވަހަކީ ދަރުމައަށް މަސައްކަތް ކުރާ މީހުންގެ ދުވަހެވެ. ނުވަތަ ވޮލަންޓިއަރުންގެ ދުވަހެވެ. މި ފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ، ދަރުމައަށް ކަންކަން ކުރުމަށް ހިތްވަރުދީ އެކަމުގެ ރޫޙާއި ޝައުގުވެރިކަން އުފައްދައި މުޖުތަމައު ހޭލުންތެރި ކުރުމެވެ.