ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އޮންނާނީ މިޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ރާއްޖެ އިސްލާމްވިދުވަހުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން ޑިސެމްބަރު 19 ވަނަ ދުވަހުގެ ރޭ މަޣުރިބު ނަމާދަށްފަހު ދުވަހާއި ގުޅޭ ޚާއްޞަދުޢާއެއް ކުރުން އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ޑިސެމްބަރު 20 ވަނަ ދުވަހު ރޭޑިއޯއާއި ޓީވީން ދުވަހާއި ގުޅޭގޮތުން ޚާއްޞަ ޕްރޮގްރާމްތައް ފޮނުވަމުން ގެންދާނެއެވެ. މިޕްރޮގްރާމްތަކަކީ އެކިއެކި ޢުމުރުފުރާތަކަށް ޚާއްޞަކޮށްގެން ފޮނުވާ ޕްރޮގްރާމްތަކެކެވެ.

ރާއްޖެ އިސްލާމްވިދުވަހުގެ ގޮތުގައި ފާހަގަކުރަމުންގެންދަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރާ މަހުގެ 2 ވަނަ ދުވަހެވެ.