ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސްފާހަގަކުރުމުގެ ގޮތުން ރަސްފަންނު ސަރަޙައްދު ސާފުކުރުމުގެ ޙަރަކާތެއް ބާއްވަން ވަނީ ހަމަޖެހިފަ

މިއަހަރުގެ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސްފާހަގަކުރުމުގެ ގޮތުން ރަސްފަންނު ސަރަޙައްދު ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެެވެ. މިޙަރަކާތް އޮންނާނީ ޑިސެމްބަރު މަހުގެ 8 ވާ ހުކުރު ދުވަހުގެ ހެނދުނު 8:00 ން 11:00 އަށެވެ. މިޙަރަކާތަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި މިނިސްޓްރީގެ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ގުޅިގެން ބާއްވާ ޙަރަކާތެކެވެ.

މިޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7930101 އަށް ގުޅުއްވާ ނަންނޯޓްކުރެއްވޭނެއެވެ.