ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 27 ނޮވެމްބަރ 2017 ވީ ހޯމަ ދުވަހު ޔޫތް މިނިސްޓްރީގައެވެ. މި ބައްދަލުވުމުގައި ދެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދާނެ ހަރަކާތްތަކާ ބެހޭގޮތުންވަނީ މަޝްވަރާ ކުރެވިފައެވެ. ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހަކީ 5 ޑިސެންބަރު އެވެ. ނަމަވެސް މިދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 8 ޑިސެންބަރު ގައެވެ.

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހަކީ ހިލޭސާބަހަށް މަސައްކަތް ކުރާ މީހުންގެ ދުވަހެވެ.