ޖުމްހޫރީ 50 ގެ ލޯގޯ އެކެއް ޖަނަވަރީން ފެށިގެން ބޭނުންކުރުމަށް ސަރުކާރުން ނިންމަވައިފި

ޖުމްހޫރީ 50 ގެ ލޯގޯ 1 ޖަނަވަރީން 2018 ފެށިގެން ބޭނުންކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. 2018 ވަނަ އަހަރަކީ، ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރޭ އަހަރުކަމަށްވުމާއެކު ޖުމްހޫރީ ފަންސާހުގެ ޙަރަކާތްތަކުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ލޯގޯ 1 ޖަނަވަރީ 2018 ން ފެށިގެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދެންނެވުމަށް ނެރެފައެވެ.

ޖުމްހޫރީ ފަންސާހުގެ ލޯގޯ މިނިސްޓްރީގެ ވެބްސައިޓު www.homeaffairs.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.