ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއެްގައި ސްރީލަންކާއަށް ފުރާވަޑައިގެންފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ޕާމަނަންޓް ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއެްގައި ސްރީލަންކާއަށް މިއަދު ފުރާ ވަޑައިގެންފިއެވެ. މިދަތުރުފުޅަކީ ޔޫ.އެން.އޯ.ޑީ.ސީގެ އެހީތެރިކަމާއެކު ސައުތު އޭޝިޔާ ރީޖަންގައި، ރީޖަނަލް ކްރިމިނަލް އިންޓެލިޖެންސް ޝެއަރިންގ ސެންޓަރއެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ހައިލެވެލް މީޓިންގ އޮފް ޕާމަނަންޓް ސެކްރެޓަރީސްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

މިބައްދަލުވުމުގައި މިސެންޓަރ ގާއިމްކުރުމާއި ގުޅޭގޮތުން ޕާމަނަންޓް ސެކްރެޓަރީ ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުން ކުރިއަށްދާނީ ނޮވެމްބަރ 23 ން 24 އަށް ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައެވެ.