ފުނަދޫގައި މީހުން އާބާދުވިތާ 50 އަހަރުފުރުން ފާހަގަކުރުން ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން ހޯމް މިނިސްޓްރީން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި

ށ. ފުނަދޫގައި މީހުން އާބާދުވިތާ 50 އަހަރުފުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެގޮތާއި ބެހޭގޮތުން ފުނަދޫ ކައުންސިލާއި އަދި ފުނަދޫ ކަމުވޮށިގެންވާ ބޭފުޅުންނާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މަޝްވަރާ ބައްދަލުވުންތަކެއް ފުނަދޫގައި ބާއްވައިފިއެވެ.

މިބައްދަލުވުންތަކުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ ނާއިބު މޫސާފަތުޙީ އާދަމެވެ. އަދި މިބައްދަލުވުންތަކުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ އިސްބޭފުޅުންގެ ވަފްދެއް ބައިވެރިވެވަޑައިގަތެވެ.

ފުނަދޫގައި މީހުން އާބާދުވިތާ 50 އަހަރުފުރުން ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުއެވެ. މިޕްރޮގްރާމްތައް ކުރިއަށްދާނީ އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.