އެންޑީއޭގެ ފަރާތުން އެއިދާރާގެ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސެޝަނެއް ހޯމްމިނިސްޓްރީގެ މުވައްޒަފުންނަށް ބާއްވައިފި

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން އެއިދާރާއިން ކުރަމުން ގެންދާ މަސައްކަތާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް މިއަދު ބާއްވައިފިއެވެ. މިސެޝަނުގައި މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ޑްރަގް އެޑިޔުކޭޝަނާއި ޑްރަގު އެޖެންސީގެ ފަރުވާގެ ނިޒާމާއި އަދި ލިބެންހުރި ފަރުވާގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނެވެ.

މިސެޝަނުގައި މަޢުލޫމާތު ދެއްވީ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ޝިޢުނާއެވެ. މިސެޝަނުގައި މިނިސްޓްރީގެ ގިނަޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.