ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން ޖަލްސާއެއް ބާއްވައިފި

ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވައިފިއެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލްޤައްޔޫމު ޤައުމާމުޚާޠަބު ކުރައްވާ ވާހަކަފުޅުދެއްކެވިއެވެ. މިވާހަކަފުޅުގައި މިދިޔަ ހަތަރު އަހަރު ސަރުކާރުން ކުރައްވާފައިވާ ބޮޑެތި ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ކުރިއަށް ކުރަން ހަމަޖައްސަވާފައިވާ ބައެއްކަންތައްތައްވެސް ހާމަކުރެއްވިއެވެ. އެގޮތުން މި އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން، ގެދޮރުގެ ބޭނުންތަކަށް ބޯފެން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް، މާލެއާ އެއް އަގަކަށް ބޯފެނުގެ އަގު ހަމަޖެހިގެންދާނެކަމަށާއި، މި އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސިވިލް ސަރވިސްގެ މުސާރަތައް ބޮޑުކުރުމަށް ނިންމާފައިވާކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިޖަލްސާގައި ސިވިލް ސަރވިސްގެ ވަރަށްގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.