މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭގައި ބޭއްވުނީ ޖުމްހޫރީ މައިދާނުގައެވެ. ރައްޖޭގެ މީހުން ދިރިއުޅޭ އެހެނިހެން ރަށް ރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިމާރާތެއްގައެވެ. މާލޭގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢަޒްލީން އަޙްމަދެވެ. މިރަސްމިއްޔާތުގައި ދުވަހާއި ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކުރެއްވުން އޮތެވެ. މިރަސްމިއްޔާތުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސްމާޤަމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިފައިންނާއި، ފުލުހުންނާއި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވިއެވެ.