މި ސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާއްވަން ހަމަޖެހިފައި އޮތް ޖަލްސާ ފަސްވެއްޖެ

މިސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ، މޫސުން ގޯސްވުމާ ގުޅިގެން މިރޭ ނުބާއްވާގޮތަށް ނިންމައިފިއެވެ. މި ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 17ވަނަ ދުވަހުގެ ރޭ 8:45 ގައި ހެންވޭރު ކާނިވާ ސަރަހައްދުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.